ޒަޚަމް

ތަރުޖަމާކުރީ: ޝަމީމާ ޔަޙްޔާ

`

ގ.ބާޣްބަހާރު
މާލެ.

[ބާރު] ގެ އަހުލުވެރިންނަށް،
ވެދުން ސަލާމް.

ތިޔަބޭފުޅުންގެ ހިތްވަރުދެއްވުމާއި، އިޚްލާޞްތެރިކަމުގެ އެހީގައި، އަނެއްކާވެސް މޮޅު ލިޔުންތެރިޔެއްގެ ހިނގާ ގަލަމަކުން އެކުލަވާލައްވާފައިވާ ޢިބާރާތްތަކެއް ދިވެހިބަހަށް ގެނެވޭތޯ މަސައްކަތް ފަށަމެވެ. އަކުރުން އަކުރަށް ނޫންނަމަވެސް، ތިޔަބޭފުޅުން ވިދާޅުވާ ހިތްޕުޅުވާގޮތަށް، ވީހާވެސް ދިވެހިބަހާ ގާތްކޮށް ލިޔެވިއްޖެނަމަ، އަޅުގަނޑުގެ މަޤްޞަދު ފުރިހަމަވީއެވެ.

[ޒަޚަމް] އަކީ، އަނިޔާ ލިބެމުންދިޔަ ނިކަމެތި އަންހެންކުއްޖެއްގެ ހިތާމައިން ފުރިފައިވާ ވަރަށް ރީތި ޢިބްރަތްތެރި، އެހާމެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. މުދަލުގެ ބޮޑާކަމާއި ޚާންދާނީ ހައިބަވަންތަކަން، މުސްކުޅި އާދަކާދަތަކާ ގުޅިގެން، މަޢްޞޫމް ޞާޢިޤާގެ ޙަޔާތަށް ވިހަލަމުންދިޔަގޮތާއި، އޭގެފަހުން ޒުވާން ރީޙާންގެ ސިފައިގައި ޞާޢިޤާގެ ހިތި ކަރުނަތައް، މާމުޔަށްވުރެވެސް ފޮނި އެއްޗަކަށް ބަދަލުކޮށްލި، އަސަރުގަދަ ގޮތް، ނާޖީގެ ކެތްތެރިކަމާއި އަލްޙަމްރާގެ މާޙައުލަށް އައި ބަދަލު، މި ވާހަކައިން ވިދާޅުވުމަށްޓަކައި، ތިޔަބޭފުޅުންގެ އަރިސްތަކަށް ދޫކޮށްލަމުން ވަކިވެލަމެވެ.

ޝުކްރިއްޔާ!

– ޝަމީމާ ޔަޙްޔާ –

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.