ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން

ތަރުޖަމާކުރީ: ޝަމީމާ ޔަޙްޔާ

`

 

ގ. ބާޣުބާހާރު

މާލެ

 

 ”ބާރު“ ގެ އަހުލުވެރިންނަށް

 ހެޔޮ ދުޢާ ސަލާމް..

ތަރުޖަމާ ކުރުމުގެ ރޮގުން އަޅުގަޑު މަސައްކަތްކުރަމުން ދާތާ ގާތްގަޑަކަށް އަށެއްކަ އަހަރު ވެދާނެއެވެ. ނަމަވެސް އަދި މިހާ ތަނަށް އެރޮގުން އެކަށީގެންވާ ޚިދުމަތެއް ކުރެވިފައި ނެތްކަމަށް އަޅުގަޑު ޤަބޫލުކުރަމެވެ.

މިވީހާ ތަނަށް ދިވެހި ކޮށްލަން ލިބިފާހުރީ ހަމަ އެކަނި އާދައިގެ ލޯބީގެ ވާހަކައެވެ. އެގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު، ކުޑަ ޚިދުމަތެއް ކޮށްލާނެ ފުރުސަތެއް ލިބޭގޮތްވެއްޖެއެވެ. އިސްލާމީ ޤައުމުތަކުގެ ލައިބްރަރީ ތަކުން އިސްލާމީ ތާރީޚްގެ ޞަފްޙާތަކާއި ތަފާތު މުޥައްރަޚުންގެ ލިޔުންތައް މުޠާލިޢާ ކުރެއްވުމަށްފަހު، އިސްލާމްދީނަށްޓަކައި ސުލްތާން ސަލާހުއްދީން އައްޔޫބީ ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް މުޙްތަރިމުއް ޝަމްސް ލިއުއްވާފައިވާ ތާރީޚީ ސިލްސިލާ ވާހަކަތަކެއް އަޅުގަނޑަށް ލިބިއްޖެއެވެ. ވީމާ، ދިވެހި ކުރުމުގެ ރޮގުގައި ކުރެވޭ ޚިދުމަތެއްގެ ގޮތުން މަސައްކަތް ފަށައިގަތުމުގެ ކުރިން، ލިޔުމުގެ ފާޑު ބަދަލު ކޮށްލަން ޖެހުނު ކަމަށްޓަކައި ތިޔަބޭފުޅުންގެ އަރިހުން މަޢާފަށްއެދެމެވެ. މިވާހަކަވެސް ކުރީގެ ވާހަކަ ތަކެކޭ އެއްފަދައިން ފޫހިފުޅުކަމެއްނެތި ވިދާޅުވަމުން ގެންދަވާނޭ ކަމުގައި އުއްމީދު ކުރަމެވެ. އައްޝަމްސު ލިއުއްވާފައިވާފަދަ ފަށުވި ޢިބާރާތްތަކަކުން ޖުމްލަތައް ތަރުތީބު ކޮށްނުލެވުނު ނަމަވެސް ވާހަކައިގެ އަސްލު ގެއްލިގެން ދިޔަނުދީވޭތޯ މަސައްކަތް ކުރާނަމެވެ. އިސްލާމީ ތާރީޚަކީ އިތުރު ތަޢާރަފްއަކަށް ބޭނުން ފުޅުވެ ވަޑައިގަންނަވާނޭ އެއްޗަކަށް ނުވާތީ ވާހަކައާއި ބެހޭގޮތުން މާދިގު ތަރަވާޒާއެއް ލިޔާކަށް އަޅުގަޑު ޤަސްތެއް ނުކުރަމެވެ. ޝައުޤުވެރިކަމާއި އެކު މި ހަޤީޤީ ސިލްސިލާ ވިދާޅުވެލައްވަނިކޮށް އަޅުގަޑުގެ އުއްމީދު ފުރިހަމަވީއެވެ.

            ބަޔާން ނިންމާލުމުގެ ކުރިން ދިވެހި ކުރުމަށްޓަކައި މި ޙަޤީޤީ ސިލްސިލާ ހޯއްދަވައިދެއްވި ފަރާތާށް ޝުކުރުވެރި ވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައި އަޅުގަޑު ދެކޭތީ އެފަރާތަށް ވަރަށްބޮޑަށް ޝުކުރުވެރިވަމެވެ.

            މި މަސައްކަތާއިގެން ކުރިއަށް ދިއުމުގެ ތައުފީޤު ދެއްވެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމުން މި ޞަފްހާއިން ގަލަން ވަކިކޮށްލަމެވެ.

 އާމީން

 10 ޖަނަވަރީ 1986

= ޝަމީމާ=

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.