ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 38

”އެވާނީ ސުލްޠާން އައްޔޫބީ ކުރެއްވި ކަމަކަށެވެ.“ ދަރުބާރުގެ ޚާއްސުންގެ ތެރެއިން ބޭފުޅަކު ވިދާޅުވިއެވެ.

”އަމީރު މިސްރު ފިޔަވާ އެހެން އެއްވެސް ބޭފުޅަކަށް ތިޔަފަދަ ކަމެއް ކުރައްވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ.“ އެހެން ބޭފުޅަކު ވިދާޅުވިއެވެ.

”އާދޭހެވެ. އެހެން ބޭފުޅަކު އެފަދަކަމެއް ކުރައްވާކަށް ބޭނުން ފުޅުވެވަޑައެއްވެސް ނުގަންނަވާނެއެވެ.“

އުންމެ ޢާރާރާ ގެއްލުމާއިގުޅިގެން ޚިލާފަތުގެ ގަޑުވަރުގައި ހުރީ މިކަހަލަ އަޑުތަކެކެވެ. އެންމެންވެސް ބުނަނީ އެއީ ސުލްޠާން އައްޔޫބީ ކުރެއްވިކަމެއް ކަމުގައެވެ. އެމަނިކުފާނު އުންމު ޢަރާރާ ނެންގެވީ ކަމުގައެވެ. ރަޖަބު އެބުރި އައިއިރު މިކަންތައްގަޑެއް އޮތީ ޖެހިފައެވެ. ގަޑުވަރުގެ ހުރިހާ ތަނެއް ހޯދާ ބެލިއްޖެއެވެ. ގަޑުވަރުގެ ފާރާވެރިންނަށް ކޮމާންޑަރުންގެ ހަންމުށިތަކުގެ އަނިޔާ ލިބެމުންދެއެވެ. މިކޮމާންޑަރުންވެސް ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. އަންހެން ކުއްޖަކު ގެއްލުމަކީ ކުޑަކަމެއް ނޫނެވެ. އަމުދުން ޚަލީފާގެ ޚަޒާނާގައި އޮންނަ އެންމެ އަގުބޮޑު ޖަވާހިރުއަށްވުރެވެސް އަގުބޮޑު އަންހެން ކުއްޖާ ގެއްލުނީމާ ކިހާވަރެއް ހުންނާނޭ ހެއްޔެވެ. އެކަން އެގުނު ވަގުތުން ފެށިގެން އެކަމަނާ ހޯދުމުގެ މަސައްކަތްފަށައިގެންފިއެވެ. އިސާހިތަކު ގަޑުވަރުގެ ބިއްދޮށްފަރާތުން ފާރުގައި އައްސާ ބޭރަށް އެލުވާލައިފައިއޮތް ވަލަކާއި އެދިމާތިރިން އިންސާނުންގެ ފިޔަވަޅުތަކެއް ފެނިއްޖެއެވެ. ކުޑަ ތަންކޮޅެއް ދުރުން އަސްތަކެއްގެ ފިޔަވަޅުތަކެއްގެ ނިޝާންވެސް ފެނިއްޖެއެވެ. ވާގަޑުގެ ޒަރީއްޔާއިން އަންހެން ކުއްޖާ ގަޑުވަރުން ނެރެފައިވާކަމަށް އެ ނިޝާންތަކުން ހެކިދެއެވެ. އުންމެ ޢާރާރާ ރުހިވަޑައިގެން ކޮންމެވެސް ފިރިހެނަކާއެކު ފިލާވަޑައިގެންނެވީ ކަމުގައި ޝައްކު ކުރެވޭކަމަށްވެސް ބައެއް ކޮމާންޑަރުން ބުނެއުޅުނެވެ. އެއަޑު އިވިވަޑައިގެންނެވުމުން އެއީ ދޮގެއް ކަމާއި އުންމު ޢާރާރާ ޚަލީފާއަށްޓަކައި ހާސްޖާނުން ފިދާވެވަޑައި ގަންނަވާކަމުގައި އެންމެނަށް ޚަލީފާ ޔަގީންކޮށްދިނެވެ.

”އެވާނީ ޞަލާހުއްދީން އައްޔޫބީ ކުރެއްވި ކަމަކަށެވެ.“ ޚާލީފާ އަލްޢާލިދްގެ އަރިއަހުގައި ރަޖަބު ދެންނެވިއެވެ. ”ޚިލާފަތުގެ ކޮއިލުގެ ތެރޭގެ ހުރިހާ އެންމެންގެ ދޫތަކުން ބޭރުކުރަނީ މިޖުމްލައެވެ. އެމަނިކުފާނު ފިޔަވާ އެހެން އެއްވެސް ބޭފުޅަކަށް އެފަދަކަމެއް ކުރައްވަން ކެރިވަޑައިނުގަންނަވާނޭ ކަމުގައި އެންމެންވެސް ބުނެއެވެ.“

އެވާހަކަ އެގޮތަށް އެންމެންގެ ކަންފަތަށް އިއްވީ ރަޖަބެވެ. އޭނާއަށް އުންމު އަރާރާ ގެއްލުނު ޚަބަރު ލިބުމާއެކު ގަޑުވަރުގެ އެކިމީހުންގެ ކައިރިއަށް ވަކިވަކިންހިގާ އުންމު ޢަރާރާ ގެއްލިޖެކަމަށް ބުނެފާ އެކަމަނާދުށީމުތޯ އެހުމަށްފަހުގާ ”އެކަމަނާ ވަގަށް ގެންދަވާނީ ޞަލާޙުއްދީން އައްޔޫބީއެވެ.“ ބުނެލައެވެ. ޚިލާފަތުގެ ކޮއިލުގެ ނޯކަރުން ފެށިގެން މަތީ ދަރަޖައިގެ އަމީރުންގެ ކަންފަތްޕުޅުތަކާއި ހަމައަށް އެ ޚަބަރު ގެންދިއުމަށްފަހުގައި ހަމައެގޮތަށް އެ ޚަބަރު ޚަލީފާއަށްވެސް އަރުވައިފިއެވެ. އެއަޑު ޚަލީފާގެ ކަންފަތްޕުޅުގައި ޖެހުމާއެކު އެއީ ދޮގު ޚަބަރަކަށް ވެދާނޭކަމުގައި ވިސްނާވަޑައިގަންނަވާކަށް ބޭނުންފުޅުވެ ވަޑައެއް ނުގެންނެވިއެވެ. އެއީ ވާނޭވެސްގޮތެވެ. ސުލްޠާން އައްޔޫބީއަކީ އަންހެނުންނާއި ހެދި މޮޔަވެފައި ހުންނަވާ ބޭފުޅެއްކަން މާކުރިން ޚަލީފާގެ އަރިއަހުގައި ރަޖަބުއޮތީ ދަންނަވާފައެވެ. ގަޑުވަރުގެ ހަތަރު އަންހެން ކުދީން ސުލްޠާން އައްޔޫބީ ގެންދަވައިގެން ޚަރާބު ކުރައްވައިފިކަމުގައި އުންމު ޢަރާރާވެސް ވަނީ ޚަލީފާއަށް ދަންނަވާފައެވެ. ވީމާ އެ ޚަބަރުގެ ދޮގުތެދު ބެއްލެވުމުގެ ބޭނުންފުޅެއް އޮތްކަމުގައިވެސް ޚަލީފާ ދެކެވަޑައެއް ނުގަންނަވައެވެ. އެ ޚަބަރު ކަންފަތްޕުޅުގާ ޖެހުމާއެކު އެމަނިކުފާނުގެ އެންމެ ޚާއްސަ ޤާޞިދު ބަލާ ފޮނުއްވައިގެން ގެންނަވާފައި ވިދާޅުވިއެވެ.

”އަމީރުލް މިސްރުގެ އަރިއަހަށް ދާށެވެ. ގޮސް ފަރުދާގެ ތެރޭގައި އެއަންހެން ކުއްޖާ އަބުރާ ވަޑުވަރަށް ފޮނުއްވައިފިނަމަ އެމަނިކުފާނަށް އަހަރެން އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ދަންނަވާށެވެ.“

ޤާޞިދު ކަލޭގެ ގާތުގައި ޚަލީފާ މިވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ޖަމަލު ސަވާރުންގެ ތިންމީހުން ފަތުއަޑުކިޔާފައި މިސްރާއި ދިމާއަށް ދަތުރު ކުރަމުންއާދެއެވެ. އެއީ މިސްރުގެ ލަޝްކަރުގެ ބަޑުމުސާރައަށް ބައްދާމީހުންގެ ތެރެއިން ތިން ފަހުލަވާނުންނެވެ. ރަށުގެ ސިޔާސީ ހާލަތު ނުރަގަޅުކަމާއި ޖާސޫސް ކުރާ މީހުންނާއި އެންމެހާ ނުބައިކަންތައްތައް މަދުވުމުގެ ބަދަލުގައި އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންދާކަން ސުލްޠާން އައްޔޫބީއަށް އެގިވަޑައިގަންނަވާތީ ޚިލާފަތުގެ ގަޑުވަރުން ފެށިގެން ރަށްބޭރަށް ދަންދެން ސަލާމަތީ ސިފައިން ބައިތިއްބަވާފައި ތިބެއެވެ. ރަށްބޭރުގެ ސަޙަރާތަކާއި ވާދީތަކުގައި އަސްވާރުންނާއި ޖަމަލު ސަވާރުން ފާރައަށް ބައިތިއްބަވާފައި ތިބެއެވެ. މިހާރު މިސްރާއި ދިމާއަށް އެއަންނަ ޖަމަލުސަވާރުންނަކީވެސް އޭގެތެރެއިން ބައެކެވެ.

އެމީހުންނަށް ކަޑައެޅިފައިވާ ސަރަހައްދުގައި ފޯރީމަރަމުންގޮސް ފަރުބަދަތަކެއްގެ މެދުގައި އޮތް ތަނަވަސް ވާދީއެއްގެ ތެރެއިން ލާފައި ދަނިކޮށް އަންހެނެއްގެ ރުއިމާއި ފިރިޔާދުގެ އަޑު އެމީހުންނަށް އިވިއްޖެއެވެ. އެއާއެކުގައި ފިރިހެނުން ވާހަކަ ދައްކާ އަޑުވެސް އިވުނެވެ. އެއަޑު އިވުމުން ފިރިހެން ބަޔަކު އަންހެންކުއްޖަކާއި ދިމާކޮށްލައިގެން އުޅެނީކަން އެގިއްޖެއެވެ. ވީމާ އޭގެ ތެރެއިން ސަވާރަކު ޖަމަލުން ފައިބައިގެން ގޮސް ހިލަގަޑެއްގެ މައްޗަށް އަރާފައި އަދުއިވުނު ދިމާއަށް ބަލައިލި އިރު އެތަނުން ބަނދެފައި އޮތް ހަތަރު އަހާއި ސޫދާނީ ހަބުޝީންނާއި ހަތަރު ފިރިހެނުން ފެނުނެވެ……. ރީތި އަންހެން ކުއްޖަކު އަހަބުޝީންނަށް އަތުނުވާންވެގެން ދުވަނިކޮށް ފެނުނެވެ. ޖަމަލު ސަވާރު އެތަނުގައި ބަލަން ހުއްޓާ އޭގެތެރެއިން ހަބުޝީއަކު އަންހެން ކުއްޖާގެ ފަހަތުން ދުވެފައިގޮސް އެކުއްޖާ އަތުލައިގެންފާ އަތްމައްޗަށް އުފުލާލައިފިއެވެ. ދެން އެކުއްޖާ ގޮވައިގެން އައިސް އަނެއް ތިންމީހުންގެ މެދުގައި ބަހައްޓައިފިއެވެ. އެވަގުތު އެކުއްޖާ ކަކޫ މައްޗަށް ތިރިވެ ހަށަން ބަދެގެންހުރެ އެމީހުންނަށް އާދޭސް ކުރަން ފެށިއެވެ. ނަމަވެސް އެމީހުންނަކަށް އެއަޑުއިވޭ ކަމަކަށް ނުވިއެވެ.

”ކަލެއަކީ މުގައްދަސް އަންހެން ކުއްޖެކެވެ. ވީމާ، އަމިއްލައަށް އުފަގުލުގެ ތެރެއަށް ވެއްޓިނުގަންނާށެވެ. އަހަރެމެންވެސް ފާފަވެރި ނުކުރާށެވެ. ކަލޭ އިންކާރު ކުރަނީނަމަ އަހަރެމެންނަށް ދޭވަތާއިންގެ ކޯފާ އަތުވެދާނެއެވެ. އަހަރެމެން އަދައިގެން ހިގައިދާނެއެވެ.“

”އަހަރެންނަކީ މުސްލިމް އަންހެން ކުއްޖަކީމެވެ.“ ހިތާމަވެރި އަޑަކުން އަންހެން ކުއްޖާބުންޏެވެ.

”ކަލޭމެންގެ ދޭވަތާއިންތަކަށް އަހަރެން ލާނެތްދެމެވެ. އަހަރެން ދޫކޮށްލާށެވެ. އެހެންނޫނީ ޚަލީފާގެ ކުއްތާތައްލައްވާ ކަލޭމެންގެ ކަށިތަކާއި މަސްތައް ވަކިކުރާނަމެވެ.“

”މިހާރު ކަލެއަކީ ޚަލީފާގެ މިލްކިއްޔަތެއްނޫނެވެ.“ ހަބުޝީއަކު ބުންޏެވެ. ”މިހާރު ކަލެއަކީ އުޑުން އެވިދާވިދުވަރުގެ ކޯފާއާއި ނާގަހަރުފައިގެ ވިހައާއި، ސިންގާގެ ބާރާއި މިހުރިހާ ކަމެއްގެ ވެރި ދޭވަތާގެ މިލްކެކެވެ. އެދޭވަތާ ކަލެއާއި ރުހިއްޖެއެވެ. މިހާރު އަހަރުމެން ގެ ދޭވަތާގެ ކިބައިން ކަލޭ ސަލާމަތް ކުރަން މަސައްކަތް ކޮށްފިމީހަކު ސަހަރާގެ ހިލަތަކުގެ ހޫނުން އަންދާލާނެއެވެ.“

”މިތަނުގައި މަޑުނުކުރުމަށް ކަލޭގެ ގާތުގައި އަހަރެން ބުނީމެވެ. އެކަމަކު މިތަނަށް މަޑުކޮށްގެން ކަލޭ އަރާމުކުރަން ވެއްޖެއެވެ. އޭނާ ބަނދެގެން ދަތުރަށް ފަށާށެވެ. އޭރުން އިރު އޮއްސުމުގެ ކުރިން މަންޒިލާއި ހަމައަށް ދެވިދާނެއެވެ.“ އޭގެތެރެއިން ޚަބުޝީއަކު އެހެން ހަބުޝީއަކަށް ބުންޏެވެ.

”އަހަރެމެންގެ އަސްތައް ވަރުބައްޔެއް ނުވޭހެއްޔެވެ؟“ އެހަބުޝީ ޖަވާބުދިނެވެ.

”ރޭ ހަތަރުދަމު އަހަރެމެން ހޭލާ ނުތިބެމު ހެއްޔެވެ؟“ އެކަމަކު އެންމެ ރަގަޅެވެ. އަންހެން ކުއްޖާ ބަދެގެން ހިގާށެވެ.“ އޭނާ މިހެން ބުނެފާ އަންހެން ކުއްޖާގެ ގައިގާ ހިފައިގެންތަނާ ވައިކަފާފާ އައި ދޫންޏެއް އޭނާގެ ބުރިކަށްޓަށް ވަދެގެން ހިގައްޖެއެވެ. އަންހެން ކުއްޖާގެ ގައިން އޭނާގެ އަތް ދޫވެއްޖެއެވެ. ދަޑިވަޅު ލިބުމުން އަންހެން ކުއްޖާ ދުއްވައިގެންފިއެވެ. އެވަގުތު ޖެހިގެން ހުރި މީހާ ދުވެގޮސް އަންހެން ކުއްޖާގެ އަތުގައި ހިފާދަމަމުން ގޮސް އަހުގެ އަތުގައި ހިފާދަމަމުން ގޮސް އަހުގެ ބިތްދަށަށް ވަދެއްޖެއެވެ. އެ މީހުންނަށް ހަމަ ކިރިޔާ އެތަނަށް ވަދެވުނުތަނާ އައިތީރެއް ދެންހުރި މީހާގެ ދުވަސް ދުއްވާލައިފިއެވެ. ތީރު ހެރިފައިހުރީ އޭނާގެ ކަނދުރާއަށެވެ. އޭނާ ބިންމައްޗަށް ވެއްޓި ތެޅެން ފެށުމުން ފިލާއޮތް މީހާ އެއްއަތުން އަންހެން ކުއްޖާގެ އަތުގައި ހިފައިގެން އަނެއްއަތުން އަހުގެ ލަގަނުގައި ހިފައިގެން ތިރިއަށް ފައިބަން ފަށައިފިއެވެ. އަންހެން ކުއްޖާގޮވައިގެން ހުރިމީހާ ފިޔަވާ އެހެން މީހަކުވެސް ފިލައިގެން ދިޔައެވެ. އަންހެންކުއްޖާ ގޮވައިގެން ދަނިކޮށް އެމީހުންގެ ގަޔަށް ދުނިޖެހީ ރަށްބޭރުގެ ވާދީތަކުގައި ފޯރިއަށް ތިބި މީހުންގެ ތެރެއިން މީހެކެވެ. އޭނާ ވާހަކަ ކިޔައިދިން ގޮތުގައި ދޭވަތާއިންގެ ވާހަކަ އިވުމުން ފުރަތަމަ އޭނާ ބިރުގަންނަގޮތްވިއެވެ. ނަމަވެސް އަންހެން ކުއްޖާ ތިމަންނާއަކީ މުސްލިމެކޭ ދޭވީދޭވަތާއިންނަށް ތިމަންނާ ލާނެއްދެމޭ ބުނިއަޑު އިވުމުން އޭނާގެ އީމާން ތެރިކަން ހޭލައިފިއެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އަންހެން ކުއްޖާ ޚަލީފާގެ ނަންފުޅު ކިޔާއަޑު އިވުމުން އެއީ ހަރަމްގެ އަންހެން ކުއްޖެއްކަން އޭނާއަށް އެގިއްޖެއެވެ. އަންހެން ކުއްޖާ އަޅައިގެން އިން ހެދުމާއި ގައިގެ ކުލައާއި ސޫރައާއި އިސްކޮޅާއި ރޫފަ ފެނުނީމާ އެއީ އާދައިގެ ކުއްޖެއް ނޫންކަންވެސް އޭނާއަށް ވިސްނިއްޖެއެވެ. އެއީ ވަގަށްނަގައިގެން ގެންދެވޭ ކުއްޖެއްކަމާއި ސޫދާނަށް ގެންގޮސް އެކުއްޖާ ވިއްކާލެވޭނޭ ކަންވެސް އެގުނެވެ. ސޫދާނޫންގެ އީދުގައި އަންހެންކުދިން ނީލަން ކިއޭނޭކަން އޭނާއަށް އެގިފައިވާތީ އެހުރިހާ ކަމެއް ވިސްނައިގަންނާކަށް އެހާ އުދަގުލެއް ނުވިއެވެ.

އަންހެނުންގެ އިއްޒަތާއި އަބުރު ސަލާމަތްކޮށްދިނުމަށް ލަޝްކަރުގެ އެންމެންނަށްވެސް ސުލްޠާން އައްޔޫބީ އޮންނަނީ އަންގަވާފައެވެ. އަންހެނެއްގެ އަބުރު ސަލާމަތް ކުރުމަށްޓަކައި އެހެން ގޮތެއް ނެތިއްޖެހިނދެއްގައި ދިހަ ބާރަ ފިރިހެނުން ޤަތުލު ކުރުމުގެ ހުއްދަވެސް ދެއްވާފައި އޮވެއެވެ. މިހުރިހާ ކަމެއް ހަދާންވުމުން އެ އަންހެންކުއްޖާ ސަލާމަތްކުރުމަށް އޭނާ އަޒުމް ކަޑައެޅައިފިއެވެ. ނަމަވެސް އެކަމުގައި އޭނާއަށް ވަރަށް ދޯދިޔާ ފިޔަވަޅެއް އެޅިއްޖެއެވެ. އޭގެތެރެއިން ފިލައިގެން ދިޔަ ދެމީހުން ހޯދުމަށްޓަކައި އޭނާ އަވަސްއަވަހަށް ވާދީގެ ތެރެއަށް ފައިބައިފިއެވެ. އޭނާގެ ފަހަތުން އޭނާގެ އަނެއްދެއކުވެރިންވެސް ދިޔައެވެ. އެމީހުން އެހިލަފަރުބަދަތައް ވަށާލާފައި އައިއިރުވެސް ފިލައިގެން ދިޔަމީހުންގެ ނިޝާނެއް ނުވިއެވެ. އަހާ އެއްވަރަށް ޖަމަލަށް ނުދުވެވޭނޭ ކަމެއްވެސް އެމީހުންގެ ހިތަކަށް ނޭރިއެވެ. އެމީހުން އެވަރަށް ދުވެދުވެފާވެސް ބެލިއިރު މަރުވެފައިތިބި ދެމީހުން ފިޔަވާ އެއްވެސްމީހަކު އެތާކު ނެތެވެ. ފުރާނައާއިގެން ބެޗި ދެމީހުން އަންހެންކުއްޖާވެސް ގޮވައިގެން ރައްކާވެ އަވަދިވެއްޖެއެވެ. އެކަން އެގުނީމާ ފިލައިގެން ދިޔަމީހުން ހޯދުމަށްޓަކައި އެމީހުން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކިރިޔަ ކިރިޔާ އަސްތަކުގެ ފިޔަވަޅުގެއަޑު އިވިލުން ފިޔަވާ އެއްވެސް ކަހަލަ ނިޝާނެއް އެމީހުނަކަށް ނުފެނުނެވެ. ވީމާ، އަންހެންކުއްޖާއަކީ ޚަލީފާގެ ހަރަމްގެ ކުއްޖަކަށްވާތީ މަރުވެފާތިބި ދެމީހުންގެ މަސްގަޑުނަގާ ޖަމަލުގެ މައްޗަށްލައިގެން އެމީހުން ދަތުރަށް ފަށައިފިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.